ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންއިން ޕްރޮޑިއުސްކުރި "ލައިގާ"އިން ބޮލީވުޑަށް ތައާރަފްވި ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ދެވެރަކޮންޑާ އެޕްރޮޑަކްޝްގެ އިތުރު ފިލްމަކަށް ސޮއިކޮށްފި އެވެ.

ޕޫރީ ޖަގަންނާތު ޑައިރެކްޓްކޮށް ދަރްމާ ޕްރޮޑަކްޝަނުން މިއަހަރު ނެރުނު ފިލްމު "ލައިގާ" އަކީ ބޮޑު ފްލޮޕެކެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައި މި ފިލްމުގައި ވިޖޭއާއެކު ދެން ފެނުނީ އަލަށް ވިދަމުން އަންނަ ތަރި އަނަނިޔާ ޕާންޑޭ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފިލްމަށް ފަހު ވިޖޭ އާއި ކަރަންއާ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ރަނގަޅުވެފައިވާ ކަމަށާއި ދެމީހުން މިހާރު އިތުރު ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރަސްމީގޮތަކަށް މިކަން އިއުލާން ނުކުރި ނަމަވެސް މި ފިލްމަކީ ލޯބީގެ ފިލްމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

https://www.instagram.com/p/Cgqf02WrPma/

ވިޖޭގެ 2019 ގެ "ޑިއާ ކޮމްރޭޑް" ގެ ރައިޓްސް ވެސް ކަރަން ގަނެފައިވެ އެވެ.

ލައިގާ" ގެ ނާކާމިޔާބީއާ ގުޅިގެން ވިޖޭ ސޮއިކޮށްފައި އޮތް ޖަގަންދުގެ ތެލެގޫ ފިލްމު "ޖާނާ މާނާ ގާނާ" ވެސް ވަނީ ހުއްޓާލާފަ އެވެ. ވިޖޭ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަމަންތާ ރޫތު ޕްރަބޫއާ އެކީ ކުޅޭ ޑައިރެކްޓަރު ޝިވާ ނިރްވާނާގެ ރޮމޭންޓިކް ކޮމެޑީ "ހުޝީ" ގެ މަސައްކަތެވެ.

އެ ފިލްމު އަންނަ ޑިސެމްބަރު މަހު 23 ގައި ސިނަމާތަކަށް ގެންނާނެ އެވެ.