ހއ. މަނަފަރު ރިސޯޓުގެ އިންޖީނު ގޭގައި ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ އެ ހާދިސާގެ ރިޕޯޓް ލިބުނީ ފަތިހު ހަތަރެއް ޖަހާ އެހާކަންހާއިރު ކަމަށެވެ.

ކުޅުދުއްފުށީގައި ތިބި ފަޔާމަނުން އެރަށައް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ހައެއްވެސް ޖެހިފަހުންނެވެ. ދެ ގަޑިއިރުގެ ވަރުގަދަ އެނދުމާއެކު އިންޖީނުގެ ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.

އެމްއެންޑީއެފް މާފަރުގައި އަލިފާން ރޯވީ އެތަނުގައި އުސްކޮށް ހަދާފައި، ސަމާނު ގުދަނެއްގަ އެވެ. އަދި އެ ހާދިސާގައި ގެއްލުންވީ ޖެނެރޭޓަރާއި ޕެނެލް ބޯޑާއި ޖެހިގެން ހުރި އިމާރާތުގެ ފެން ޕްލާންޓަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މަނަފަރުގައި ރޯވި އިންޖީނުގެއިން ދުން އަރަނީ. ފޮޓޯ: އެމްއެންޑީއެފް

އެ ރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓްވެސް ކެނޑިފަ އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ދުބާއީގެ ޖަބަލް އަލީ ކުންފުނިން "ޖޭއޭ މަނަފަރު ރިސޯޓު"ގެ ނަމުގައި ހިންގާ ރަށުގައި 84 ކޮޓަރި ހުރެ އެވެ.