ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ރައްޓެހިވީ 2012 ވަނަ އަހަރު އެވެ. ލޯބީގެ ގޮތުން ގުޅުނުތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މީހުން އެންގޭޖުވެ، ވަރަށް ޕްރައިވެޓްކޮށް އިޓަލީގައި ބޭއްވި ހަފުލާއެއްގައި ކައިވެނިކުރީ 2018 ގަ އެވެ.
ދިޕިކާއި ރަންވީރު ކައިވެނިކުރުމާ އެކު، ފޭނުން ދެން އެންމެ ބޮޑަށް ދައްކަން ފެށީ ދެ ތަރިން ދަރިޔަކު ހޯދުމާ ބެހޭ ވާހަކަ އެވެ. މި ވާހަކަ ކުރިން ވެސް އެތައް ފަހަރަކު ދެކެވި، އެކަމާ ބެހޭ ގޮތުން ދީޕިކާ ވެސް ވާހަކަ ދައްކާފައިވެ އެވެ.
ދީޕިކާ އާއި މިހާރު އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ ކުރެވޭ ސުވާލުކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފަ އެވެ. އަދި މިވާހަކަ ތަކަށް ރައްދު ދެމުން ދީޕިކާ ބުނެފައިވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 3 ކުދިން ހޯދުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެއް އަދި އުންމީދެއް ކަމަށެވެ.
މި ދޭތެރެއަކުން ވަނީ ރަންވީރާއި ދިޕިކާގެ 10 އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ކަމުގެ އަޑުތައް ފެތުރިގެން ގޮސްފަ އެވެ. އެހެން ނަމަވެސް އެވާހަކަތައް އެމީހުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެމީހުން ވަކިވާން ނޫޅޭ ކަމަށް ވަނީ ބުނެފަ އެވެ.
ދީޕިކާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ފައިޓާ"ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމްގައި ދީޕިކާ ފެނިގެންދާނީ ރިތިކް ރޯޝަން އާއި އެކުގައި އެވެ. މީ މިދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް އެވެ.
އަނެއްކޮޅުން ރަންވީރުގެ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ސާކަސް"ގެ މަސައްކަތް ކުރަމުންނެވެ. މިފިލްމްއަކީ ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމްއެކެވެ.