ސިއްހަތަށް ފައިދާހުރި ކޮންމެ ކާނާ އަކީ ކޮންމެ ގަޑިއެއްގައިވެސް ކެއުން ރަނގަޅު އެއްޗެއް ކަމުގައި ގިނަ މީހުންނަށް ހީވެފައި އޮވެ އެވެ. އެކަމަކު ބައެއް ކާނާ ކެއުމުގައި އެންމެ އޭގެން އެންމެ ފައިދާވާ ގަޑި ތަކެއް ހުރެ އެވެ.
ދޮންކެޔޮ
ދޮންކެޔޮ ކެއުން އެންމެ ރަނގަޅީ މެންދުރު ކެއުމުގަ އެވެ. އޭރުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ދުރުކޮށްދިނުމުގެ އިތުރުން ކުލަ ހަށިގަނޑު އަލި ކޮށްދެ އެވެ. ނިދުމުގެ ކުރިން ނުވަތަ ރޭގަނޑު ކެއުމުގައި ދޮންކެޔޮ ހިމެނުން ރަނގަޅެއް ނޫނެއެވެ. އޭގެ ސަބަބުން ހަޖަމު ކުރުމަށް އުނދަގޫ ވެއެވެ.
އާފަލު
އާފަލު ކެއުން އެންމެ ރަނގަޅީ ހެނދުނުގެ ސައި ވަގުތު ނުވަތަ ހެނދުނު ހޭލައި ހުސްބަނޑާ ހުރެ އެވެ. އެއީ އާފަލުގައި ހިމެނޭ ޕެކްޓިންގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ އަދި ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެ އެވެ. އާފަލު ރޭގަނޑުގެ ކެއުމުގައި ހިމެނުމުން ހަޖަމު ކުރުމަށް އުދަނގޫވުމުގެ ސަބަބުން ބަނޑުގައި ވިހަ މާއްދާ ތަކެއް އުފައްދަ އެވެ. އެހެންކަމުން ނިދުމުގެ ކުރިން ނުވަތަ ރޭނގަޑު ކެއުމުގައި އާފަލު ނުހިމަނާށެވެ.
ކިރު
ކިރު ބުއިން އެންމެ ރަނގަޅު ވަގުތަކީ ރޭނގަޑު ނިދުމުގެ ކުރިން ހޫނު ކިރުތައްޓެކެވެ. އޭގެ ސަބަބުން ނިދުމަށް އެހީވެދެ އެވެ. ހެނދުނުގެ ވަގުތަކީ އެންމެ ހެލިފެލިވެ އުޅެން ޖެހޭ ވަގުތެވެ. އެގޮތުން ހެނދުނުގެ ވަދުތު ކިރުދަށި ބުއިމުން ބަނޑުގައި ރިހި ހަޖަމުކުރުމަށް އުދަނގޫވެ އެވެ.
ޑާކް ޗޮކްލެޓް
ޑާކް ޗޮކްލެޓް ކެއުން އެންމެ ރަނގަޅީ ހެނދުނު ވަގުތުގަ ވެ. އެއީ ޑާކް ޗޮކްލެޓް ގައި ހިމެނޭ އެންޓިއޮންސިޑެންސްގެ ސަބަބުން މުސްކުޅިވުމުން ދުރުކޮށް ހިތުގެ ބަލި ދުރު ކޮށްދޭތީ އެވެ.