ތެލް އަވީވް (08 ނޮވެމްބަރު) - އިޒްރޭލުގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ބެންޖަމިން ނަތަންޔާހޫ ހޮވިވަޑައިގެންފި އެވެ.

ނަތަންޔާހޫ ބޮޑުވަޒީރު ކަމަށް ހޮވުނީ މިދިޔަ ހަތަރު އަހަރު ތެރޭގައި އެގައުމުގައި ބޭއްވި ފަސްވަނަ އިންތިހާބުން އޭނާ ނިސްބަތްވާ ޕާޓީ ކާމިޔާބު ހޯދުމާ އެކުގަ އެވެ.

ނަތަންޔާހޫގެ ޕާޓީން ވެރިކަމަށް އައި ނަމަވެސް ސަރުކާރެއް އެކުލަވާލައި ހިންގަން ފަށަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ނަތަންޔާހޫ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އޭނާއަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ނަތަންޔާހޫގެ ސަރުކާރަށް ލިބޭނެ ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ.

ނަތަންޔާތޫގެ ކެބިނެޓް އެކުލަވާލުން ކުރިއަށް އޮތްއިރު އޭނާގެ ކެބިނެޓުގައި ނާސާރާ ދީނުގެ ހައްދުފަހަނައަޅާފައިވާ ބައެއް ފަރާތްތައް ހިމަނަން ގަސްދުކުރާ ކަމަށް ރިޕޯޓުތައް އައިސްފައިވެ އެވެ.

ނަތަންޔާހޫގެ ޕާޓީއިން އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ބޮޑުވަޒީރު ޔައިރު ލެޕިޑްގެ ޕާޓީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. -- އަލް އަރަބިއްޔާ