ތެހްރާން (10 ނޮވެމްބަރު) - އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ބުނެ އީރާނުގެ ސަރުކާރުން އިންޒާރު ދީފި އެވެ.
މިކަން އިއުލާން ކުރަމުން އީރާނުގެ އަސްކަރިއްޔާއިން ބުނީ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް އީރާނުގެ ބިމުގައި އެއްވެސް ތަނެއް ނެތް ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ސީދާ އަމުރުފުޅަށް ކަމަށް ވެސް އަސްކަރިއްޔާއިން ބުނެފައިވެ އެވެ.
ސެޕްޓެމްބަރު މަހު ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި މަހްސާ އަމީނީގެ މަރާއެކު ސަރުކާރާ ދެކޮޅު އެއްވުންތަކާއި މުޒާހަރާތައް އީރާނުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ހަމަނުޖެހުންތަކަށް ދެމަސްވެފައިވާއިރު މިހާތަނަށް ވެސް މި ހަމަނުޖހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.
އީރާނުގެ ސަރުކާރުން ބާރުގެ ބޭނުން ކުރާނެ ކަމަށް ރަސްމީކޮށް އިއުލާން ކުރި ނަމަވެސް މީގެ ކުރިން ވެސް ހަމަނުޖެހުންތަކުގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައިވެ އެވެ. -- ބީބީސީ
ކޮފީ ބުއިމުން ހާސްކަން އިތުރުވަނީ ކީއްވެ؟
ޓޭލާގެ މިލްކިއްޔާތު ދެ ބިލިއަނުން މައްޗަށް!
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ