އެކި މީހުންނަށް ފަސޭހައީ އެކި ގޮތަށް އޮވެ ނިދުމެވެ. އެއްބަޔަކަށް ބަންޑުން އޮވެ ނިދަން ފަސޭހައިރު އަނެއްބަޔަކު އޮންނަނީ އަރިއަށެވެ. ނިދަން އޮވެވޭ ކިތަންމެ ގޮތެއް ހުރިއިރު މިއީ ތިމާގެ ޝަހްސިއްޔަތާ ގުޅިފައިވާ ކަމެއްކަން އެނގޭ ހެއްޔެވެ؟ މިފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ނިދަން އޮވެވޭ ގޮތަކީ ތިމާގެ ޝަހުސިއްޔަތު ދެނެގަނެވޭ ކަމެއްކަން މިވަނީ ހޯދިފަ އެވެ.
"ފްރީ ފޯލް"
ބާލީހުގެ ކުރިއަށް އަތް ގެނެސް ބަންޑުން އޮންނަ މީހުންނަކީ ބޭރުފުށުން ގޮތްދައްކާ ރުޅި އިސްކޮށް ކަންކަމުގައި ތިމާގެ ހަރުކަށިގޮތް އެހެން މީހުންނަށް ދައްކާ މީހުންނެވެ. އެހެން ނަމަވެސް ކަމެއް ދިމާވެއްޖެނަމަ މިގޮތަށް އޮވެ ނިދާ މީހުން ހާސްވާލެއް އަވަސް ކަމަށް މި ދިރާސާ އިން ދައްކައެވެ. “ފްރީ ފޯލް” ނުވަތަ ބަންޑުން އޮވެ ނިދުމުގައި ތިމާގެ މޫނު ވަތަށް އޮތުމުގެ ސަބަބުން މި ގޮތަކީ ހަޖަމު ކުރުން ވެސް ރަނގަޅުކޮށްދޭ ގޮތެކެވެ.
"ދަ ފީޓަސް"
“ދަ ފީޓަސް” ނުވަތަ އެއް އަތް މައްޗަށް އޮވެ ނިދުމަކީ މި ދިރާސާގައި ޓެސްޓްކުރެވުނު 1000 މީހުންގެ ތެރެއިން 41 އިންސައްތަ މީހުން ނިދާ ގޮތެވެ. މި ބާވަތުގެ މީހުންނަކީ ތިމާގެ ބޮޑުކަން ބޭރުފުށަށް ދެއްކި ކަމުގައި ވީނަމަވެސް ލަދުރަކި ހިތް މަޑު ބައެކެވެ. ވައަތް މައްޗަށްއޮވެ ނިދުމަކީ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ފުއްޕާމެއާއި، މެއަށްކުރާ ބާރު ކުޑަވާ ކަމެކެވެ.
"ދަ ލޮގް"
“ލޮގް” ނުވަތަ އެއްފަރާތަކަށް އަތް ގަޔާކައިރިކޮށްގެން ނިދާ މީހުންނަކީ މުޖްތަމައުގައި ކުރާ ކަންތައްތަކުގައި ބައިވެރިވާ މީހުންކަމަށް މިދިރާސާއިން ދައްކަ އެވެ. ފެންނަ ކޮންމެ މީހަކަށް އިތުބާރު ކުރުމަކީ މިމީހުންގެ ކިބައިގާ ހުންނަ ސިފައަކަށްވާއިރު ފަސޭހައިން ހައްދާލެވޭނެ އެވެ. މިގޮތަކީ ހަށިގަނޑު ތެދަށް އޮންނާނެ ގޮތެއްކަމުން ބުރަކަށިގައި ރިހުމުން ދުރުކޮށްދެ އެވެ.
"ދަ ސޯލްޖާ"
އަތް ފުޅާކޮށްގެން އުއްޑުން އޮވެ ނިދާ މީހުންނަކީ އާއްމުގޮތެއްގައި މަޑުމައިތިރި ބައެކެވެ. މިގޮތަށް ނިދާ މީހުންނަކީ އެހެން މީހުންނަށްޓަކައި ވަރަށް މުހިއްމު ކަންތައްތައް ރާވާ، އެމީހުންގެ ފަރާތުން ކަންކަމަށް އުއްމީދުކުރާ ބައެކެވެ. މިގޮތަށް އޮވެ ނިދުމަކީ ގުގުރި ދެމޭ ގޮތެއް ނަމަވެސް އެކަމަކީ ތިމާ އަށް ނޭނގި ނަމަވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.