ވިހެއުމަށްފަހު ގިނަ އަންހެނުންގެ ކަންބޮޑު ވުމަކަށް ވެފައި އޮންނަނީ ހަށިގަނޑަށް އަންނަ ބަދަލުތަކެވެ. ބަރުދަން އިތުރުވެ މަސް ޖެހުމެވެ. މިފަދަ އަންހެނުންނަށް އޮތް އުފާވެރި ހަބަރަކީ ވިހެއުމަށްފަހު އިތުރުވާ ބަރުދަނަކީ ވެސް ލުއި ކުރެވޭނެ ބަރުދަން ކަމެވެ.
އެގޮތުން ގާތުން ދިނުމަކީ ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. ހާއްސަކޮށް ވިހެއުމަށްފަހު ކުރީކޮޅުގަ އެވެ. ގާތުން ދިނުމަކީ ހަށިގަނޑުގައި އިތުރުވެފައިވާ ހަކަތައާއި އަންދާ ކަމެކެވެ. އަދި ގިނަވެފައިވާ ސަރުބީތައް ވިރު ވާކަމެކެވެ. ވުމާއެކު ގާތުން ދޭނަމަ ހަށިގަނޑު ކުރިން ހުރި ގޮތަށް ބަދަލުވުން އަވަސްވާނެ އެވެ.
ގާތުން ދިނުމަކީ ބަނޑުގެ މަސްތަކަށް ވާންވެ ކުރިން ހުރިގޮތަށް ބަދަލުވުމަށްވެސް ބާރު އަޅާ ކަމެކެވެ. ގާތުން ދިނުމުން ހަށިގަނޑުގައި އުފެދޭ ހޯމޯންތަކުން މުޅި ހަށިގަނޑަށް އަސަރު ކުރެ އެވެ.
ކަސްރަތު ކުރުމަކީވެސް ކުރިން ހުރިގޮތަށް ހަށިގަނޑު ބަދަލު ކުރުމަށްޓަކައި ކުރުން ވަރަށް ރަނގަޅު ކަމެކެވެ. ކަސްރަތު ކުރުމަކީ ބަނޑުގެ މަސްތަކަށް ވާންވެ އަދި ގިނަވެފައިވާ ސަރުބީތައް ވިރުވާ ކަމެކެވެ. އިތުރުވެފައިވާ ހަކަތަ އަންދާ ކަމެކެވެ.
ގާތުންދޭ ދުވަސްވަރު ބައިކިލޯއަށްވުރެ ބޮޑަށް ހަފުތާއަކު ލުއި ވުމަކީ ހަށިގަނޑުގައިވާ ސަރުބީން ވިހަ އުފައްދާ ކަމެކެވެ. އަދި މައިމީހާގެ ކިރާއެކު ދަރިފުޅުގެ ހަށިގަނޑަށްވެސް ދާނެއެވެ. ވުމާއެކު ވިހެއުމަށްފަހު ފުރަތަމަ ދެމަހުގެ ތެރޭގައި ހަފުތާއަކު ކިލޯއެއްވަރު ލުއިވަމުންދާނަމަ ކެއުން އިތުރު ކުރަން ޖެހޭނެއެވެ.
މި ހުރިހާ ކަމަކަށް ބަލައިގެން ރަނގަޅު ގޮތުގައި ވިހެއުމަށްފަހު ވެސް ބަރުދަން ލުއި ކުރެވިދާނެ އެވެ.