ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި އެވޯޑް ޙަފްލާގައި އެވޯޑާ ޙަވާލުވެ، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އެވެ.
އެ އެވޯޑާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްވި މެސެޖްގައި މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިން އަހަރެއްކަން ފާހަގަ ކުރައްވަމުން، ވައިގެ މަގުން ގުޅުވައި ދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ޓޫރިޒަމްއާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވާ، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ.
މި ކެޓަގަރީން މީގެ ކުރިން ދެ ފަހަރެއްގައި މޯލްޑިވިއަންއަށް ސާޓާ އެވޯޑް ލިބިފައިވެ އެވެ.
އާތިޔާއަށް އާޝާއަކީ ކާކުކަން އޮޅިއްޖެ
މާާބަނޑު ދުވަސްވަރު ނަފްސާނީ ސިއްހަތަށް ސަމާލުވާން ޖެހޭ!
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!