މޭވާއާއި ތަރުކާރީ ގިނަ ދުވަހަށް ރައްކާ ކުރުމުގެ ގޮތުން އައިސް އަލަމާރިއަށް ލާފައި ބެހެއްޓުމަކީ އަހަރުމެން ދިވެހިންގެ އާދަ އެކެވެ. އެހެން ނަމަވެސް ފްރިޖުގެ ފިނިވައިގެ ސަބަބުން ބައެއް ތަރުކާރީއާއި މޭވާގެ ނިއުޓްރީޝަނަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. މީގެ ސަބަބުން މިބާވަތްތަކުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބުމަށް ހުރަސް އެޅެ އެވެ.

ޓޮމާޓޯ

ޓޮމާޓޯ ފުރިޖަށް ލައިފިނަމަ އޭގެ ހަގީގީ ރަހަ ގެއްލި އޭގެ ތާޒާކަން ވެސް ނެތިގެންދެ އެވެ. އެހެންކަމުން ޓޮމާޓޯ ފުރިޖަށް ނުލައި ބެހެއްޓުން ބުއްދިވެރި އެވެ.

ދޮންކެޔޮ

ދޮންކޭލަކީ ވައި ދައުރުވާ ތަނެއްގައި ބަހައްޓަން ޖެހޭ އެއްޗެކެވެ. އޭގައި ލާންޖެހޭ އެންމެ މީރު ރަހަ ލާނީ އޭރުންނެވެ. އެހެންނަމަވެސް ދޮންކެޔޮ ފެހިކޮށް ބަހައްޓާން ބޭނުންނަމަ ފުރިޖަށް ލެވިދާނެ އެވެ.

ކަރާ

ގިނަވަގުތު ފުރިޖުގައި ކަރާ ބެހައްޓައިފި ނަމަ އޭގެ އެންޓި އޮކްސިޑެންޓް ގެއްލޭނެ އެވެ. ނަމަވެސް، ތާޒާކޮށް ކަރާ ކެނޑުމަށްފަހު ފުރިޖަށްލާނަމަ، ފޮތިކޮށްފައި ލުން މުހިއްމެވެ.

އޮރެންޖު

ސިޓްރަސް މޭވާ އަކީ ގިނަ އަދަދަކަށް އެސިޑް އެކުލެވިގެންވާ އެއްޗަކަށް ވާއިރު، މާބޮޑަށް ފިނީގައި ބަހައްޓާކަށް ނުވާނެ އެވެ. އަދި މި މޭވާ އަކީ ވަރަށް ތޮށިގަނޑު ތުނި އެއްޗަކަށްވުމާއެކު، ފްރިޖުގައި ބެހެއްޓުމުން އަވަހަށް ނުބައިވުން ވެސް ގާތެވެ.

ކިއުކަމްބާ

ދިރާސާ ތަކުން ދައްކާ ގޮތުގައި ކިއުކަންބާ އަކީ ފުދޭ ވަރަކަށް ހޫނު ތަނެއްގައި ބަހައްޓަންޖެހޭ އެއްޗެކެވެ. ނޫންނަމަ ކިއުކަމްބާގެ ކުލައަށާއި ރަހައަށް ބަދަލު އަންނާނެ އެވެ.

އެހެން ކަމުން އެންމެ ބުއްދިވެރި ގޮތަކީ މޭވާއާއި ތަރުކާރީ ފަހަށް ރައްކާ ކުރަން ފުރިޖަށް ލުމުގެ ބަދަލުގައި އެއިރަކަށް ވާވަރަށް ގަނެގެން ކެއުމެވެ.