ކިއުމަކަމްބާ އަކީ 95 ޕަސެންޓް ފެނެވެ. ގިނަ ފައިދާތަކެއް އެކުލެވޭ މި ތަރުކާރީ އަކީ ކެއުމުގައި ކޮންމެހެންވެސް ހިމަނަންޖެހޭ އެއްޗެކެވެ. ކެއުމުގެ އިތުރުން ކިއުކަމްބާ އަކީ ހަންގަނޑަށް އެއްވަނަ އެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންވެސް ކެއުމުގައި ކިއުކަމްބާ ހިމެނުން މުހިއްމެވެ. އޭގައި ކެލޮރީ އެކުލެވޭ މިންވަރު މަދުވެފައި ފެނުގެ ބައި އެކުލެވޭ މިންވަރު އިތުރުވީމަ އެވެ. މީގެ އިތުރުން ހަށިގަނޑުގައި އެކުލެވޭ ވިހަ މާއްދާތައް ނައްތައިލުމަށްވެސް ކިއުކަމްބާއަކީ އެހީވެދެ އެވެ.

ކިއުކަމްބާގައި އެކުލެވޭ ނިއުޓްރިޝަން ގެ ބައިތަކަށްބަލާއިރު ވިޓަމިން ބީ 1،2،3،4،5،6 އަދި ވިޓަމިން ސީ، ކެލްސިއަމް، އަޔަން މެގްނީސިއަމް އަދި ޕޮޓޭސިއަމް އާއި ޒިންކް ފަދަ މާއްދާތައް ހިމެނެ އެވެ.

ކިއުކަމްބާގައި އެކުލެވޭ ކާބޯހައިޑްރޭޓްސްގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ވަރުޖައްސައިދީ އެނާޖީ ބޫސްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ އެވެ. އޭގައި އެކުލެވޭ ޒިންކް، މެގްނީސިއަމް އަދި ފައިބާ އާއި ޕޮޓޭސިއަމް ފަދަ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރުވެސް ދަށްކޮށްދެ އެވެ.

ހަންގަނޑު އޮމާންކޮށް ރީތިކޮށް ބަހައްޓަން ވެސް ކިއުކަމްބާ އަކީ އެއްވަނައެވެ. މޫނުގައި އުނގުޅާ ތަފާތު ކްރީމްތަކާއި މޫނު ދޮންނަން ބޭނުންކުރާ ފޭސްވޮޝްތަކުގައި ވެސް ކިއުކަމްބާ ބޭނުންކޮށްފައި ހުރެ އެވެ. މޫނުގައި ކިއުކަމްބާ އުނގުޅުމަކީވެސް ހަންގަނޑު ރީތިކޮށްދޭނެ ކަމެކެވެ.