ތައިރޮއިޑްގެ މައްސަލަތަކަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ސިއްހީ މައްސަލަ އެކެވެ. މި ލިޔުމުގައި މި ބަލާލަނީ ތައިރޮއިޑްގެ ބަލިތަކުން ދުރުހެލިކޮށްދޭ ބައެއް ކާނާގެ ބާވަތްތަކަށެވެ. ތައިރޮއިޑްގެ މައްސަލަތައް ހުރި ނަމަވެސް މި ބާވަތްތަކުން އެ މައްސަލަތައް ހައްލުކޮށް ދިނުމަށް އެހީވެދޭނެ އެވެ.

ބަދަނުގެ ބާވަތްތައް

ކެޝޫ، އަލްމަންޑްސް އަދި ބަނބުކެޔޮ އޮށް ފަދަ ބަދަނުގެ ބާވަތްތަކަކީ ތައިރޮއިޑްއަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހަށިގަނޑަށް ލިއްބައިދޭ ކެއުންތަކެކެވެ. ބަދަނުގެ ބާވަތްތަކުން ދަގަނޑުގެ މާއްދާ އިތުރުވުމުގެ އިތުރަށް ތައިރޮއިޑަށް މުހިއްމު އިތުރު މާއްދާއެއް ކަމަށްވާ ސިލޭނިއަމް ވެސް ލިބެ އެވެ.

ކަނޑު ކާނާ

ކަނޑު ކާނާކަނޑު ކާނާ ނުވަތަ ސީފުޑް އަކީ އައޮޑިން މުއްސަނދި ބާވަތްތަކެކެވެ. ކަނޑުމަސް، އިހި އަދި ޑިނގާ ފަދަ މަސްމަހަކީ ދުޅަހެޔޮ ތައިރޮއިޑްއަކަށް މަގުފަހިކޮށްދޭނެ ކެއުންތަކެވެ. ނަމަވެސް ލޮނުގެ އެހެން ބާވަތްތަކާއެކު ބޭނުން ކުރައްވާނަމަ ސީފުޑް މާގިނައިން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ލޮނު

ތައިރޮއިޑް އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރުމަށް އައޮޑިން ބޭނުންވާނެ އެވެ. ކެއުމުގައި ލޮނުގެ ބާވަތްތައް ގިނަ ކުރުމުން ތައިރޮއިޑްގެ މައްސަލަތަކުން ދުރުހެލިވެ އެވެ. އާއްމު ކެއްކުންތަކުގައި އައޮޑިން ލޮނު ބޭނުން ކުރައްވާށެވެ.

ފަތްޕިލާވެލި

ތަފާތު ވައްތަރުގެ ފެހިކުލަ ގަދަ ފަތްޕިލާވެއްޔަކީ ތައިރޮއިޑް ސިއްހަތު ރަނގަޅުކޮށް ހުރުމަށް އެހީވެދޭ ބާވަތެކެވެ. ސްޕިނަޗް (ބޯވެލި ފަތް) އާއި ލެޓިއުސް ފަދަ ބާވަތްތައް ކެއުމުގައި ގިނައިން ހިމަނާށެވެ. ހަށިގަނޑުގެ އާއްމު ސިއްހަތު ރަނގަޅުވުމުގެ އިތުރަށް ތައިރޮއިޑް މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.