"ޖަންކް ފުުޑް" ނުވަތަ ލުއިކާނާއަކީ އަހަރުމެން ދިވެހިންގެ ކެއުމުގެ އާދަ އެކެވެ. ފަސޭހައަކަށް ނަމަވެސް ކުރެވޭ މި ކަމަކީ ސިއްހަތަށް ގެއްލުންހުރި ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ޖަންކް ފުޑް ކެއުން މަދުކުރެވިދާނެ ފަސޭހަ ބައެއް ގޮތްގޮތަކަށެވެ.

ސިއްހަތަށް ފައިދާ ހުރި ލުއިކާނާ ގޭގައި ބެހެއްޓުން

ޗޮކްލެޓާއި އެނޫން ވެސް ޕްރޮސެސްޑް ލުއިކާނާގެ ބަދަލުގައި މޭވާ ނުވަތަ އެކި ވައްތަރުގެ ބަދަން ފަދަ ބާވަތްތައް ގެއަށް އެތެރެކޮށްފައި ބަހައްޓާށެވެ. އަދި ލުއިކާނާ ކާން ބޭނުންވާ ކޮންމެ ފަހަރަކު އެ ލުއިކާނާތައް ބޭނުންކުރާށެވެ.

ގޭގައި ކުރިން ކެއްކުންސިއްހަތަށް ނުރަނގަޅު ލުއިކާނާ ކެވޭ އެންމެ ބޮޑު އެއް ސަބަބަކީ ގޭގައި ސިއްހަތަށް ފައިދާހުރި ނާސްތާއެއް ތައްޔާރު ކުރެވިފައި ނެތުމެވެ. އެހެން ކަމުން ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކޮންމެ ވެސް ލުއި ކާނާއެއް ކެވެނީ އެވެ. މި ކަން ހައްލު ކުރުމަށްޓަކައި ވަގުތު އޮއްވައި ކުރިއާލާ ނާސްތާ ތައްޔާރުކުރާށެވެ.

ގިނައިން ފެން ބުއިންގިނައިން ފެން ބުއިން ދުވާލަކު ދެތިން ލީޓަރު ފެން ބުއިމަކީ ހަށިގަނޑުގައި ވަރުޖެހި ބަނޑުހައިވުން ދުރުކޮށްދޭނެ ކަމެކެވެ. ބަނޑުހައި ނުވާނަމަ ލުއިކާނާ ކާން ބޭނުންވާ ވަރު މަދުވެ އެ ބާވަތްތަކާ ދުރު ވެވޭނެ އެވެ.