ކާށިތެލަކީ އިހު ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުންކޮށް އުުޅުނު ބާވަތެކެވެ. ނަމަވެސް ޒަމާނާއެކު ކާށިތެލުގެ ބޭނުން ނެތި ގޮސްފި އެވެ. އެއްބަޔަކު ބުނަނީ އެއިން ދުވާ ވަސް ނުބައި ކަމުގަ އެވެ.

ވަސް ނުބަޔަސް ކާށިތެލަކީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. އެއިން ސިއްހަތަށާއި އާއްމު ދިރިއުމަށް ގިނަގުނަ ފައިދާ ކުރެ އެވެ.

ބަރުދަން ލުއިކޮށްދޭ

ކާށި ތެލަކީ ތިމާގެ ބަރުދަން ލުއި ކޮށްދޭ ސަރުބީތައް ނައްތާލުމުގައި އެހީވާ އެއްޗެކެވެ. އާދަކޮށް ގައިގައި ކާށި ތެޔޮ ހޭކުމުން ސަރުބީތައް ނައްތާލަ އެވެ. ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ބޭކާރު ސަރުބީތައް ނައްތާލަ ދިނުމަށް އެހީތެރިވެދެ އެވެ.

ހަންގަނޑު ރީތިކޮށްދޭ

ހަންގަނޑު ކުރަކިވާނަމަ ކާށި ތެޔޮ ބޭނުން ކުރުމަކީ ބުއްދިވެރި ކަމަކެވެ. ހަންގަނޑު އޮމާންކޮށް ބަހެއްޓުމަށް ވެސް ކާށިތެޔޮ ބޭނުންކުރާއިރު މި ތެލަކީ ހަންގަނޑު އިންފެކްޓް ވުމުން ސަލާމަތްކޮށްދިނުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ.

ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ

ހަކުރު މައްޗަަށް ދިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ވެސް ކާށިތެޔޮ ބޭނުން ކުރެވިދާނެ އެވެ. އޭގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފަހައްޓައިދެ އެވެ.

އިސްތަށިގަނޑު ރީތިކޮށްދޭ

އިސްތަށިގަނޑު ދިގުކޮށްދީ އޮފް ކުރަން ބޭނުންވާ ނަމަ ކާށި ތެޔޮ ބޭނުން ކުރާށެވެ. އިސްތަށި ފޭބުމުން ދުރުކޮށްދޭ ކާށި ތެލުގެ ސަބަބުން އިސްތަށުގަނޑަށް ބޭނުންވާ ވިޓަމިންސްގެ ބައިތައް ލިއްބައިދީ ހަލާކުވެފައިވާ އިސްތަށިތައް ރަނގަޅުކޮށްދެ އެވެ.