ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކުންފުންޏަކަށް ކޭބަލް ޓީވީގެ ހިދުމަތުގެ ލައިސަންސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
އެ ހުއްދަ ދީފައި ވަނީ ސަން ސިޔާމްގެ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ހިދުމަތް މެނޭޖް ކުރާނީ ސަން ސިޔާމް މީޑިއާއިންނެވެ.
ސަން ސިޔާމް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ސަން ސިޔާމް ބޭނުންފުޅު ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ތަހުޒީބު، މުޖުތަމައުތަކުގައި ވެސް ކޭބަލްޓީވީގެ ހިދުމަތް ދޭ ފެންވަރުގައި އަދި އަތްފޯރާވަރުގެ އަގުތަކެއްގައި މި ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެސްއެސް ނެޓުގެ ނަމުގައި ފަށާ އެ ހިދުމަތުން ރާއްޖޭގައި ކޭބަލް ޓީވީ މެދުވެރިކޮށް މިހާރު ދައްކަމުން އަންނަ ހުރިހާ ޗެނަލްއެއް ވެސް ފެންނާނެ ކަމަށެވެ. އަދި އެ ހިދުމަތް އިންޓަނެޓާއި ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެއަށް ދޭނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަނީ މީޑިއާ ނެޓާއި ދިރާގުންނެވެ. ދިރާގުން މި ހިދުމަތް ދެމުން އަންނަނީ ހަމައެކަނި އިންޓަނެޓް މެދުވެރިކޮށެވެ.
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!

ކޭބަލްޓީވީ ގެ ޚިދުމަތް އަގު ކުޑަކޮށްދީ