ބަނޑު ހިންދުމަށް އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކަސްރަތުކޮށް ޑައިޓް ކުރާއިރު އެއްބަޔަކު ބޭސް ވެސް ބޭނުންކުރެ އެވެ. އެގޮތުން މިއީ ޑައިޓް ކުރަމުންދާއިރު ބޯލުމަށް ރަނގަޅު، ތައްޔާރު ކޮށްލުމަށް ފަސޭހަ ބުއިމެކެވެ.
ބޭނުންވާ ތަކެތި
- 4 ލުނބޯ
- 4 ސަމްސާ މުގުރި އިނގުރު
- 2 ސަމްސާ ފޮނިތޮށި
- 3 ސަމްސާ މާމުއިއް
- ¼ ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް
ލެންޑާއަށް ލުނބޯތައް ފެލާލުމަށްފަހު ބާކީހުރި ތަކެތި އަޅާ ތިން މިނެޓް ވަންދެން އެއްކޮށްލުމުން މިއޮތީ ބުއިން ތައްޔާރުވެފަ އެވެ. ކޮންމެ ދުވަހެއްގެ ދެ ކާގަޑީގެ ކުރިން ސަމްސަލެއް ބޯލާށެވެ. ދެ ހަފްތާ ތެރޭގައި އެދެވޭ ނަތީޖާއެއް ފެންނާނެ އެވެ. މި ބުއިން މަތި ބާރު ފުޅިއަކަށް އަޅާ އަލަމާރީގައިވެސް ރައްކާކުރެވޭނެ އެވެ.
މިއީ ހަމައެކަނި ބަނޑު ހިންދަން މޮޅު ބުއިމެއް ނޫނެވެ. މިއީ ހަޖަމުކުރުމަށް އެހީވެދޭ، ކަރުގައި ރިއްސުން ރަނގަޅުކޮށްދޭ، ހަންގަނޑު އަލިކޮށް އަދި ވައިގެ އުދަނގުލުންވެސް ދުރުކޮށްދޭ ބުއިމެކެވެ.
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން