އާންމުކޮށް ގޭތެރޭގައި ގެންގުޅޭ އަދި ބޭނުންކުރާ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ބަދަލު ހަމަ އެކަނި ގިނައިން ދޮވެވެނީ އަންނައުނު ފަދަ ތަކެއްޗެވެ. އެހެން ނަމަވެސް ގޭގައި ހިފާ ގެންގުޅޭ ތަކެއްޗަކީ ވެސް ވަރަށް ދޮވުން ވަރަށް މުހިއްމު ތަކެއްޗެވެ.

ބާލީސް

އާއްމުކޮށް އެންމެންވެސް ބާލީސް އުރަ އަަދި ބެޑްޝީޓް ފަދަ ތަކެތި ދޮވެ ސާފުކުރެ އެވެ. ނަމަވެސް ބާލީސް ދޮންނަން ހިތަށް އަރަނީ މަދު ބަޔެކެވެ. ބައެއް މީހުން ބާލީސް އަވީގައި ޖައްސަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުންނަމަ ކޮންމެ ތިންމަހުން އެއް ފަހަރު ބާލީސްތައް ދޮންނަން ޖެހެ އެވެ.

މޮޕް

ތަންތަން ސާފު ކުރަން ގެންގުޅޭ މޮޕަކީ އެންމެ ފަސޭހައިން ހަޑިވާ އަދި އެންމެ ގިނައިން ޖަރާސީމު އާލާވާ އެކައްޗެވެ. ދޮންނަ މެޝިނުން ވެސް ފަސޭހައިން ދޮވެލެވޭ މޮޕް މަދުވެގެން ހަފްތާއަކު އެއްފަހަރު ދޮންނަން އާދަ ކުރާށެވެ.

ފައިފުހި

ފައިފުއްސަކީ ކޮންމެ ތަނެއްގައި އުޅެފައިވެސް ގެއަށްއައިސް ވަނުމަށްފަހު އެންމެ ފުރަތަމަ ތިމާގެ ފައި ހާކާލެވޭނެ އެޗެވެ. މަދުވެގެން ހަފްތާ އަކު އެއް ފަހަރު ފައި ފުހި ދޮވެ ސާފު ކުރުމަކީ ޖަރާސީމުން ސަލާމަތްވުމަށް ވަރަށް މުހިންމު އާދަ އެކެވެ.