(16 ޑިސެމްބަރު) - ކޮވިޑް ވެކްސިނާ ބެހޭގޮތުން ޓުވިޓާގައި ދޮގު ހަބަރުތައް ފަތުރާނަމަ އެ ހަބަރުތައް ޑިލީޓްކުރެވޭނެ ކަމަށް ޓުވިޓާއިން ބުނެފި އެވެ.
ޓްވިޓާއިން އިއްޔެ ބުނި ގޮތުގައި އަންނަ ހަފްތާއިން ފެށިގެން ކޮވިޑް ވެކްސިނާ ބެހޭގޮތުން މިހާރު ގެންގުޅޭ އުސޫލު ބަދަލުކުރާނެ ކަމަށާއި، އެގޮތުން ވެކްސިނާ ބެހޭ ސާބިތު ނުހިފޭ މައުލޫމާތާއި، ވެކްސިން ބޭނުން ނުކުރުމަށް ކުރާ ކެމްޕޭންތަކާއި ވެކްސިނާބެހޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭގޮތަށް ފެތުރުން ހުއްޓުވުމުގެ ގޮތުން ބައެއް ޓްވީޓްތައް ލޭބަލް ކުރުމާ އަދި ބައެއް ހާލަތުގައި ޓުވީޓްތައް އެއްކޮށް ޑިލީޓްކުރުން ވެސް ހިމެނެ އެވެ.
މިހަފްތާގައި އެމެރިކާގައި ކޮވިޑް ވެކްސިނަށް ހުއްދަދިނުމާ ގުޅިގެން އެމެރިކާގެ ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ހާލުބޮޑު ބަލިމީހުންނާއި، ފްރަންޓްލައިންގެ މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދޭންވަނީ ފެށިފަ އެވެ.
އެމެރިކާއަކީ ވެކްސިން ޖެހުމާ ދެކޮޅު ގިނަ ބަޔަކު އުޅޭ ގައުމެކެވެ. އަދި މިކަމުގެ ސަބަބުން ވެކްސިން ބޭނުން ނުކުރުމަށް ގޮވާލާ ތަފާތު އެކި ކެމްޕެއިން މިމީހުން ކުރިއަށް ގެންދެ އެވެ. – ސީއެންބީސީ
މަސް ދޯނި ފަހަރަށް ތެޔޮ ނުލިބޭ ވާހަކަ ޝިޔާމް ދޮގުކުރައްވައިފި
ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
