ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި އައްޑޫސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙް ކޮށްދެއްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީގައި ހިންގޭ ޢުމުރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރި ކޮށްދެއްވާނެ އެވެ.
.ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޯމަ ދުވަހު މާލެ ވަޑައިގަންނަވާނެ އެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރުފިޔާއަށް އަރައިފި
ގާލް ގެޑޮޓް މެޓް ގާލާއިން ނުފެންނަނީ ޑުއާލިޕާގެ ސަބަބުން؟