ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކޮންސްޓްރަކްޝަންގެ މީހުންގެ އެކޮމަޑޭޝަން ބްލޮކުގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި އުޅުނު އެކަކު މަދުކަން ފާހަގަވެގެން ހޯދުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުން ބުނީ އެތަނުގައި އުޅެމުންދިޔަ އެކަކު މަދުކަން ފާހަގަކުރެވިގެން ކަމާއިގުޅޭ ފަރާތްތަކާއިއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.ގެއްލިގެން ހޯދަމުންދާ މީހާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެ މައުލޫމާތު އަދި އާންމު ކުރާނެކަމަށް އެ ބުރިޖު އޮފީހުންވަނީ ބުނެފަ އެވެ.

މިކަން ފެންމަތިވެފައިވަނީ މުވައްޒަފަކު ގެއްލިގެން ގުޅީފަޅުގައި ތިބި މުވައްޒަފުން މުޒާހަރާ ކުރަން ފެށުމުންނެވެ.

އެފްކޮންސްގެ އެކަމަޑޭޝަން ބްލޮކްގައި 460 މުވައްޒަފުން ދިރިއުޅެމުންދެ އެވެ.

އެރޭ ހިނގި އަލިފާނުގެ ހާދިސާގައި 70 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދީފައިވެ އެވެ.