މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ 76 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް، ސޮނީ ޓީވީން ގެނެސްދިން ކުޑަކުދިންގެ ލަވަކިޔުމުގެ ޕްރޮގްރާމް "ސުޕަ ސްޓާ ސިންގާ" ސީޒަން 2 ކާމިޔާބުކުރި މުހައްމަދު ފާއިޒު ރާއްޖެ އަތުވެއްޖެ އެވެ.

އުމުރުން 14 އަހަރުގެ ފާއިޒު ރާއްޖެ އައީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އުއްޗުގެ އުފަން ދުވަސް ފާހަގަކުރުމަށް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ބާއްވާ ޝޯގައި ފާއިޒް ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިއްޔެ އަކީ އުއްޗުގެ އުފަން ދުވަސް ނަމަވެސް އުފަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޝޯ އޮންނާނީ މިރެ އެވެ.

https://www.youtube.com/watch?v=kFZh0sN7ok0

ފުރާވާރުގައި އެ މުބާރާތްތަކުގެ ފާއިޒް ހޯދި ކާމިޔާބީ އާއި ލިބުނު މަގުބޫލުކަމުގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީން އޭނާއަށް ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ.

އުއްޗު ވަނީ، މިދިޔަ މަހު، ބައިސްކޯފުން އިންތިޒާމް ކޮށްގެން ބޭއްވި ޚާއްސަ ޝޯއަކަށް ރާއްޖެ އައި ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީއާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އޭނާ ވަނީ ރައީސް ޔާމީންގެ ދައުރުގައި ރާއްޖެ ޒިޔާރަތްކުރި މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއާ ވެސް އޭރު ބައްދަލުކޮށްފަ އެވެ.