އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވަރަށް ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.
ފުވާދު ޓުވީޓު ކުރެއްވީ ފަހަކަށް އައިސް މާލޭގައި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމާއި ފާޙިޝުކަންކަން ޢާންމުވެފައިވާތީ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރެއްވުމުން އެވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މާލޭގައި މަސާޖު ޕާލާތަކުގެ ނަމުގައި ބަދު އަހްލާގީ ޢަމަލު ހިންގާ ތަންތަން ޢާންމުވެފައިވާ މައްސަލާގައި މުއައްސަސާތަކުން އެއްވެސްމަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށް ދީނީ ޢިލްމުވެރިޔާ ޝައިހް ޢަލީ ޒައިދު ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއް ރީ ޓްވީޓްކުރައްވައި ދީނީ ޢިލްމުވެރިޔާ ޑރ.ިއޔާޒުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޑރ.އިޔާޒް ވިދާޅުވެފައިވަނީ މިކަންތައް ނުހުއްޓުވިގެން އުޅޭ ސަބަބު ފުލުހުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭކަމަށެވެ.
އިޔާޒް ކުރެއްވި ޓްވީޓަށް ފުވާދު ތައުފީޤު ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ. ފުވާދު ކުރެއްވި ޓްވީޓުގައި ވަނީ ކިތަންމެ ވަރަކަށް ކުކުޅު ގޮވިޔަސް ފަތިސް ނުވާނެކަމަށާ، ފަތިސްވަނީ ހާ ގޮވީމަކަމަށް ދިވެހި ހަރުބަހެއްގައި އޮންނަކަމަށެވެ.
ފުލުހުންގެ ޓެގްކޮށް އިޔާޒު މިގޮތަށް ޓުވީޓު ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފުލުހުންގެ މުއައްސަސާ ހިންގަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އިމްރާންއަކީ އިޔާޒްއާ އެހާ ގާތްބޭފުޅެކެވެ. ގައުމުގައި އެފަދަ ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރުވެސް އިމްރާން އެކަންތައްތައް ނުހުއްޓުވާތީ ގިނަ ބަޔަކު ދެކެނީ އެފަދަ ކަންކަން ކުރަނީ އިމްރާންގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ސްޓްރެސްގެ ސަބަބުން އަންހެނެއްގެ އެތެރެ ހަށްޓަށް އަންނަ ބަދަލު!