ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ފުލުހުންގެ ވެހިކަލްއެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ރޯކޮށްލާފައި ވަނީ ހުޅުމާލޭ އެޗްޑީސީ ބިލްޑިން ކައިރީގައި ޕާކު ކޮށްފައިވާ ފުލުހުންގެ ކާރެއްގަ އެވެ. އަދި އެ ކާރުގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 7:40 ހާއިރު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ފުލުހުން ވަނީ އެ ކާރުގައި ރޯވި އަލިފާންގަނޑު މާގިނަ އިރުތަކެއް ނުވަނީސް ވަނީ ނިއްވާލާފަ އެވެ. އަދި އެ ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރިނަމަވެސް، މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ބަލަމުން ގެންދާނެ ކަމަށެވެ.