މައްސަރު ކަންތައް ލަސްވުމަކީ އަހަރުމެންގެ ތެރެއިން ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. މިއީ ހީނުކުރާ ފަދަ ކުދި ކުދި ކަންކަމުން ވެސް ވެދާނެ ކަމެކެވެ. އެފަދަ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ސްޓްރެސްވުން

ހަށިގަނޑުގައި ސްޓްރެސް ހޯމޯންސް ވަކި ވަރަކަށް ވުރެ ގިނަ ވުމުން މެންސްޓްރުއަލް ސައިކަލްގެ މަސައްކަތަށް ބުރޫ އަރަ އެވެ. ނަތީޖާއަކަށްވަނީ ޕީރިއަޑްވުން ލަސްވުމެވެ.

ކަސްރަތު ކުރުން

ކަސްރަތުކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ. އެކަމަކު ކުއްލިއަކަށް މާގަދަޔަށް ކަސްރަތުކުރަން ފަށައިފި ނަމަ، އާންމުކޮށް ޕީރިއަޑްވާ ތާރީހަށް ވުރެ ތަންކޮޅެއް ލަސްވެދާނެ އެވެ.

ބަރުދަން ބަދަލުވުން

ހަށިގަނޑުގެ ބަރުދަން ބަރުވިޔަސް އަދި މާބޮޑަށް ލުއިވިޔަސް ޕީރިއަޑް މައްސަލަ ދިމާވެދާނެ އެވެ. މިސާލަކަށް، ކެއުމުގެ ޑިސްއޯޑާއެއް ނުވަތަ ހަކުރު ބަލި ކަމެއްގެ ސަބަބުން ބަދަލެއް އަޔަސް ޕީރިއަޑް ލަސްވެދާނެ އެވެ.

ނިދުމަށް ބަދަލު އައުން

ދަންވަރު ޑިއުޓީ ކުރަން ޖެހުން ފަދަ ކަންކަމުގެ ސަބަބުން ނިދުމުގެ ރޫޓިން މަހެއްގެ ތެރޭގައި އެކި ފަހަރު މަތިން ބަދަލުވެ އެވެ. އެކަމުގެ ސަބަބުން ވެސް ޕީރިއަޑް ލަސްވެދާނެ އެވެ.