ޗުއްޓީއަކަށް ދާން ވިސްނާނަމަ ދިވެހިންގެ މެދުގައި އެންމެ ނަން ހިނގަނީ އޭޝިއާގެ ގައުމުތަކެވެ. އެހެން ނަމަވެސް ތެދަށް ބުނާނަމަ ދުނިޔޭގެ އާދަކާދައާއި ސަގާފަތް ރަނގަޅަށް ފެންނާނީ އޭޝިއާއިން ބޭރުގެ ތަޖުރިބާ ވެސް ލިބިގެންނެެވެ. އެގޮތުން މި ބަލާލަނީ ޗުއްޓީއަކަށް ދާން ވިސްނާނަމަ ޚިޔާރު ކުރަން ރަނގަޅު އޭޝިއާއިން ބޭރުގެ ބައެއް ގައުމުތަކަށެވެ.

ފްރާންސް

ފްރާންސަށް އަހަރެއްގެ މައްޗަށް 78 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ. ހާއްސަކޮށް ފްރާންސްގެ ވެރިކަންކުރާ ރަށް ޕެރިސްގައި ވާ އައިފިލް ޓަވަރު ބަލާލަން ގިނަ ބަޔަކު ޒިޔާރަތް ކުރާ ކަމަށްވެ އެެވެ. ގިނަ ބައެއްގެ މެދުގައި ފްރާންސް މަޝްހޫރު ވެފައިވަނީ ފެޝަނާއި އެގައުމުގެ ސަގާފަތާއި އަދި ތާރީހަށްޓަކަ އެވެ.

އެމެރިކާ

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކުރާ ގައުމަކީ އެމެރިކާ އެވެ. އަދި ނިސްބަތުން ބަލާއިރު ފަތުރުވެރިކަމުން އެންމެ ބޮޑު އާމްދަނީއެއް ހޯދަނީވެސް އެމެރިކާ އެވެ. އެމެރިކާއަކީ ގިނަ ސަގާފަތްތަކެއް އެކުލެވޭ ގައުމެކެވެ.

ސްޕެއިން

ސްޕެއިންއަކީ ޔޫރަޕަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަހަރެއްގެ މައްޗަށް ސްޕެއިންނަށް 53 މިލިއަން މީހުން ޒިޔާރަތް ކުރާއިރު އެގައުމުގެ ކެނެރީ އައިލެންޑް އަކީ މަޝްހޫރު ތަނެކެެވެ.

އިޓަލީ

އިޓަލީއަކީވެސް ގިނަބައެއްގެ މަގުބޫލު މަންޒިލެކެވެ. ވޯލްޑް ހެރިޓޭޖް ލިސްޓްގަހިމެނޭ 50 އަށްވުރެ ގިނަ ތަންތަނާއި ބިނާތައް އިޓަލީގައި ހުރެ އެވެ. ގިނަ ބަޔަކު އެ ގައުމަށް ދަތުރުކުރަނީ، ސަގާފީ މުއްސަނދިކަން ބަލާލުމަށާއި އިޓަލީގެ ރަހަތަކަށް އިންސާފު ކޮށްލުމަށެވެ.