މާބޮޑަށް ފަލަވެ ބަރުދަން އިތުރުވާ ނަމަ ކޮންމެ މީހަކު ވެސް ކަންބޮޑުވެ އެވެ. އަދި ބަރުދަން ލުއިކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެ އެވެ.
މި ލިޔުމުގައި މި ގެނެސްދެނީ ބަރުދަން ލުއި ކުރަން އެހީވެދޭ ގުދުރަތީ ބުއިމެކެވެ. މި ބުއިމުގެ އަޖުމަ ބަލާފައިވާ ފަރާތްތަކުން މިއީ އަވަހަށް ނަތީޖާ ފެންނަ ބުއިމެއް ކަމަށް ބުނެފައިވެ އެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު ގްރޭޕް ފުރުޓް ނުވަތަ އޮރެންޖް ޖޫސް
- 2 މޭޒުމަތީ ސަމުސާ އެޕަލް ސިޑާ ވިނެގާ
- 1 މޭޒުމަތީ ސަމުސާ މާމުއި
ތައްޔާރު ކުރާނެ ގޮތް
ބޭނުންވާނެ ތަކެތި އެއްކޮށްލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. އަދި ކޮންމެ ގަޑިއަކު ކެއުމުގެ އެއް ގަޑިއިރު ކުރިން ޖޫސްތަށި ބޯލާށެވެ. ބަރުދަން ލުއިވެ ސަރުބީ ވިރުވުމަށް އެހީއަކަށް ވާނެ އެވެ.
ގްރޭޕް ފުރުޓާއި އޮރެންޖަކީ ސިޓްރަސް މޭވާތަކެއް ކަމުން އެއިން ހަށިގަނޑުގައިވާ ވިހަތަކާއި ސަރުބީތައް (ޓޮކްސިންސް) ބޭރުކޮށް ބަރުދަން ލުއިކުރަން އެހީވެދެ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
މިސްރުގެ ކާމިޔާބީ ހާއްސަކުރީ ފަލަސްތީނުގެ ރައްޔިތުންނަށް
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި