"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އަންނަ މާޗުމަހު އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ސްކީމަކީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ހުޅުމާލެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުކޮށް، އެތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ އެޗްޑީސީއިން މިހާރު ވަނީ ފަށައިފަ އެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4،000 ފްލެޓާއި، 3،000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1،000 ގޯއްޗާއި، 4،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2،000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ދޫކުރާ ސަރަހައްދު . ފޮޓޯ: އެޗްޑީސީ

މިޕްރޮގްރާމްގެ ދަށުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަޙައްދުތައް ހިމެނޭހެން 1000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރުމުގެ އމަލީ މަސައްކަތް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ. މިތަނުގައި މިހާރު ކުރަމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެގޮތުން، މި ތަނަށް ބޭނުންވާ ކަރަންޓާއި، ފެންފަދަ ޔުޓިލިޓީގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕްލޮޓްތައް ކްލިއާކޮށް، ގޯތި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު ހައުސިން މިނިސްޓްރީއާއެކު ވަނީ މަސައްކަތް ކުރެވިފަ އެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ދޫކުރުމާ ބެހޭ މައުލޫމާތު އެޗްޑީސީން ނޫސްވެރިންނަށް މިއަދު ދެއްވަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލެގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ އެޗްޑީސީ އާއި ހައުސިން މިނިސްޓްރީން ކުރިއަށް ގެންގޮސްފަ އެވެ.

ޕްލޭނިންގ މިނިސްޓްރީއާއިއެކު ކުރެވެމުންމިދާ މަސައްކަތުގައި ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ހިމެނޭހެން މި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ޕްލޭނުގައި އެކުލަވާލާފަ އެވެ. އަދި މި ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް މި އަންނަ މާރޗު މަހު އާންމުކޮށް އިއުލާންކުރަން ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިތަނުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، މި ތަނުގައި ޔުޓިލިޓީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.