ފިޔާއަކީ ކެއުމުގައި އެކިއެކި ބޭނުންތައް ކުރާ ބާވަތެކެވެ. ފިޔާ ބޭނުންކޮށްގެން ތަފާތު އެކި ރިހަތަކާއި ހަވާދުތަކާއި ހެދިކާތަކާއި އަދިވެސް ކިތަންމެ މީރު ކެއުމެއް ތައްޔާރު ކޮށް އުޅެ އެވެ.
ފިޔައަކީ މިހާ އާއްމުކޮށް ބޭނުން ކުރާ އެއްޗަކަށް ވާއިރު ފިޔާ ކޮށުމަކީ ވޭންހުރި ކަމެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ލޮލުން ނަގާ ދިލައާއެކުވެސް ފިޔާ ބޭނުންކުރަނީ އެއިން ގެނެސްދޭ ރަހައިންނެވެ.
ފިޔާ ކޮށާއިރު ލޮލުން ދިލަ ނަގަނީ ފިޔާގައި ހުންނަ ލެކްރިމެޓޮރީ ފެކްޓާ ސިންތޭސް ނަމަކަށް ކިޔާ މާއްދާއެއް ވައިގެ ތެރެއަށް ބޭރުވުމަށް ފަހުގައި ހިނގާ ކެމިކަލް ރިއެކްޝަންތަކެއްގެ ސަބަބުންނެވެ.
އެއާއިއެކު ފިޔާގައި ހުންނަ އެމިނޯ އެސިޑްތައް ސަލްފިއުރިކް އެސިޑް ނަމަކަށް ކިޔާ އެސިޑަކަށް ބަދަލުވެ އެވެ. ދެން މި އެސަޑްތައް އެއްވެ ސިން-ޕްރޮލެނެތިއަލް-އެސް-އޮކްސައިޑް ނަމަކަށް ކިޔާ އިތުރު އެހެން ކެމިކަލްއެއް އުފެދެ އެވެ.
މި ކެމިކަލް އަނެއްކާ ވައިގެ ތެރެއަށް ދޫވެ އިންސާނާގެ ލޮލާއި ހަމައަށް ފޯރުމުން ލޮލުގައި ހުންނަ ހިއްސު ދެނެގަންނަ ނާރުތަކުން މި ކެމިކަލް ދެނެގަނެ ކަރުނަ އުފައްދައިދޭ ގްލޭންޑްތަކަށް "އުނދަގޫ" ތަކެއް ކުރިމަތިކުރުވަ އެވެ. އެއާއެކު އެ ގްލޭންޑުން ކަރުނަ އުފައްދައިދޭން ފަށަ އެވެ.
މިއީ ވަރަށް ދިގުދެމިގެންވާ ކަމެއްހެން ހީވި ނަމަވެސް މިކަން ހިނގަނީ ފަޅި ސިކުންތެއްހާ މަދު ވަގުތު ކޮޅެއްގެ ތެރޭގަ އެވެ.