ރުގުޔާކުރުމުގެ ނަމުގައި ހަތަރު މައިން ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރަުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ ފިރިމިހާއާއި ރުގްޔާކުރުމުގެ ނަމުގައި އެކަމުގައި އުޅުނު 24 އަހަރުގެ މީހެކެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން މި ދެ މީހުން ބަންދުގައި ބޭއްތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލައިގައި ހިމެނޭ 24 އަހަރުގެ މީހާވަނީ ރުގުޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިން ގެއެއްގައި ރަހީނުކޮށް އެ އަންހެންމީހާ ބަނދެ އެކިވަރުގެ ޖިންސާމާނީ އަދި ނަފްސާނީ އަނިޔާދީފަ އެވެ. އަދި އެ އަންހެން މީހާގެ އުމުރުން 7 އަހަރުގެ ކުއްޖާއަށް ރުގްޔާކުރުމުގެ ނަމުގައި މި މީހާވަަނީ ޖިންސީ ގޯނާކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނެއް މީހަކީ މިކަމުގައި އަނިޔާ ލިބުނު އަންހެން މީހާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ ކުދިންނަކީ މީނާގެ ދޮން ދަރިންނެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑަ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހްގީގު ކުރަމުންނެވެ.

އުތުރުގެ ރަށެއްގައި އަންހެނަކަށް ރުގުޔާކުރުމުގެ ނަމުގައި ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އެ އަންހެންމީހާ ކިޔާދީފައިވެ އެވެ. އަދި ރުގުޔާކުރުމުގެ ނަމުގައި ދިޔަ މީހާ އެ އަންހެންމީހާގެ ތިން ދަރިންނަށް ވެސް ޖިންސީ ގޯނާކޮށްފައިވެ އެވެ.

ފުލުހުން ބުނީ މިފަދަ މައްލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވުމާއެކު މިފަދަ މައްސަލަތަކަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންނާގުޅޭ މިފަދަ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ ފުލުހުންނަށް ނުވަތަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.