ބިދޭސީ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ހިނގި ގެވެށި އަނިޔާގެ މައްސަލަައެއްގައި ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތީގައި އަންހެނަކަށް، ފިރިހެނަކު އަނިޔާ ކުރަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައި، ހައްޔަރުކޮށްފަ އެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިކަން ހިނގިއިދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވަމުންދާއިރު، އެ ވީޑިއޯގައި ފުލުހުންނާއި ސިފައިންގެ ދެ މީހުން ހުއްޓުވާ ދެ މީހުންނާ ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ.

އޭގެ އިތުރުން ގެވެށި އަނިޔާކުރި ބިދޭސީ މީހާ ބިޑި އަޅުވައިގެން ގެންދާ މަންޒަރުވެސް ފެނެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ބިދޭސީ ފިރިހެނަކާއި އަންހެނެއްގެ މެދުގައި ގެވެށި އަނިޔާގެ މައްސލަ ފުލުހުންނަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށެވެ.