ބޭރަށް ކުރާ ދަތުރުތައް ފުޅާ ކުރަން މޯލްޑިވިއަނުން އެއާބަސް ދެ ބޯޓު ގެންނަން ނިންމައިފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭސީއެލް) އިން ހޯދަނީ އެއާބަސް އޭ 330-200 މަރުކާގެ ދެ ބޯޓެވެ.
މޯލްޑިވިއަންއަށް ބޯޓުތައް ކުއްޔަށް ހޯދުމަށް ނެރުނު އިއުލާނުގައި ވަނީ އެއާބަސް ދެ ބޯޓު ހޯދަނީ ހަ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި ބޯޓުތައް ކުއްޔަށް ނަގައި ހިދުމަތް ދޭނީ މޯލްޑިވިއަން އިންޓަނޭޝަނަލްގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ކަމަށް ބުނެފައިވެ އެވެ.
މޯލްޑިވިއަން އިން ހޯދަން ބޭނުންވަނީ އިކޮނޮމީ އާއި ބިޒްނަސް ކްލާސް ހިމެނޭ ބޯޓުތަކެކެވެ.
މޯލްޑިވިއަންއިން ސީޕްލޭންގެ ދަތުރުތަކުގެ ހިދުމަތްދޭއިރު، އެ ކުންފުނީގެ ފްލީޓަށް މިދިޔަ ޖެނުއަރީ މަހު ވަނީ އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ވެސް ގެނެސްފަ އެވެ.
މޯލިްޑިވިއަން އިން އަންނަނީ ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަކަށް ދަތުރުކުރަމުންނެވެ.
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
