ބަލާބެލުމަށް މިފޮޓޯއިން ފެންނަ އައިސްކްރީމް ސްކޫޕްތަކުގައި މާ ބޮޑު ތަފާތެއް ނެތެވެ. އެހެން ނަމަވެސް އެއްގޮތް ކަމަށް ފެންނަ އެ ސްކޫޕްތަކުގައި ކޮންމެވެސް ތަފާތެއް އެބަހުއްޓެވެ.

އެހެން ނަަމަވެސް ދިހަ ސުކުންތުގެ ތެރޭގައި އެ ތަފާތު ފާހަގަވާނީ ވިސްނޫން ތޫނު ނޫންނަމަ އިންޓެލިޖެންސް ކޯޝަންޓް (އައިކިއު) މަތި މީހުންނަށެވެ.

މަތީގައިވާ ފޮޓޯއިން 15 އައިސްކްރީމް ސްކޫޕް ފެންނައިރު އޭގެ ތެރެއިން 14 ސްކޫޕަކީ އެއްވެސް ތަފާތެއް ނެތް ސްކޫޕްތަކެކެވެ. އެހެން ނަމަވެސް އެއް ސްކޫޕުގައި ތަފާތެއް ވާނެ އެވެ. ތިބާއަށް އެ ތަފާތު ފެނިއްޖެ ހެއްޔެވެ؟

އިންސާނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތުން "އޮޕްޓިކަލް އިލޫޝަން"އެއް ފެނުމުން ލޮލުން އެ ފެންނަ މަންޒަރު ސިކުނޑިން އޮޅުވާލަ އެވެ. ނަތީޖާއަކަށް ވަނީ މިފަދަ އިލޫޝަންތަކުގެ ތަފާތު އަހަރުމެންނަށް ބުނެދޭން ނޭނގުމެވެ.

މި ފޮޓޯގައިވާ ތަފާތު އަދިވެސް ނުފެނޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިޔަ ކުރާ މަސައްކަތަށް ލުޔެއް ގެނެސްދޭނަމެވެ. ތިރީގައިވާ ފޮޓޯގައި ރަތް ކުލައިން ފާހަގަ ކުރެވިފައިވަނީ އެ ތަފާތެވެ.

ފޮޓޯގައިވާ ތަފާތު ފާހަގަ ކުރެވިފައި

އައިކިއުއަކީ މީހާގެ ތޫނުފިލިކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭ އެއްޗަކަށްވާއިރު މި ފޮޓޯގައިވާ ތަފާތު އެހީއަކާ ނުލައި އަމިއްލައަށް ފާހަގަ ކުރެވިއްޖެނަމަ ތިބާއަކީ ތޫނުފިލި މީހެކޭ ބުނެވިދާނެ އެވެ.