ހޮލީވުޑް ތަރިންގެ ކިބައިން އާދަޔާ ހިލާފު ކަންކަން ފެނުމަކީ އަލަށްވާ ކަމެއް ނޫނެވެ. ހަަމައެހެންމެ ތަރިންގެ އާދަޔާ ހިލާފު ކަންކަމުން އެތަރިން އަބަދުވެސް ދަނީ އާންމުން އާޝޯހުކުރުވަމުންނެވެ.
އެ ލިސްޓުގައި މަޝްހޫރު ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީވެސް ހިމެނެ އެވެ.
ކެޓީ ކުރަނީ އާދާޔާ ހިލާފު ކަމެއް ނޫނެވެ. ގިނަ މީހުން ސާފުތާހިރުވުމަށްޓަކައި ދަތް އުނގުޅާއިރު، ކެޓީ ދުވާލަކު އެކަން ކުރާ އަދަދަކީ ގިނަ ބަޔަކު ސިއްސުވާލި އެއްޗެކެވެ.
ދަތް ރީތިކޮށް އަދި ސާފުކޮށް ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެނީ ދުވާލެއްގެ މައްޗަށް ދެ ފަހަރު ދަތް އުނގުޅުމަށެވެ. އެހެންނަމަވެސް ދުވާލެއްގެ މައްޗަށް ހަތް ފަހަރު ނުވަތަ އަށް ފަހަރު ކެޓީ ދަތް އުނގުޅާކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނިގޮތުގައި އެހާ ގިނައިން ދަތް އުނގުޅަނީ ދަތްފަނިކާފާނެ ކަމުގެ ބިރު އޮންނާތީ އެވެ.
ކެޓީއަކީ ހޮލީވުޑްގައި ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ހަމައެހެންމެ އޭނާގެ ރީތި ލަވަ އަލްބަމްތަކުގެ ސަބަބުން އޭނާއަށް އާންމުންގެ ލޯބި ލިބިފައިވެ އެވެ.
ޝަމާހު ވިދާޅުވީ އެ އޯޑިއޯއަކީ ހަދާފައިވާ އެއްޗެއް ކަމަށް
ރައީސް އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން: އެމްޑީޕީ
ޑްރަގްގެ ބޮޑުންގެ އެކައުންޓްތަކުގައި 20 މިލިއަން ދައުރުވި
ކޮބާ ދަތްޕިލަ