ޓީވީ ޝޯތަކުގެ ޖަޖުކަން ކުރާ ސައިމަން ކައުލް، ކޮންމެ ދުވަހަކު ވަޒީފާއަށް ދިއުމުގެ ކުރިން ގަހަށް އަރާކަމަށް އޭނާ ބުނެފި އެވެ.

ގިނަ ޓީވީ ޝޯތަކުގައި ޖަޖުކަން ކުރާ ސައިމަން އަކީ އޭނާގެ ހަރުކަށިކަމާއި، ތެދުވެރިކަމަށް މަޝްހޫރު މީހެކެވެ. އަދި އޭނާއަށް އާންމުންގެ ތަރުހީބު އެންމެ ބޮޑަށް ލިބިފައިވަނީ 'އެކްސް ފެކްޓާ' އިންނާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ "ގޮޓް ޓެލެންޓު" ޝޯތަކުންނެވެ.

ދާދި ފަހުން ސައިމަން އޭނާގެ ޒާތީ މައުލޫމާތުތައް އާންމުންނަށް ހާމަކޮށްފައިވާއިރު، އޭނާގެ ކޮންމެ ދުވަހެއްގެ އާދައެއްކަމަށް ބުނި ކަމަކީ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި ކަމަަކަށްވި އެވެ.

ސައިމަން ބުނިގޮތުގައި އޭނާ މަސައްކަތަށް ދިއުމުގެ ކުރިން އަބަދުވެސް ގަހަކަށް އަރަ އެވެ.

މިކަން އޭނާ ކުރަނީ ކުޑައިރުގެ ހަނދާންތައް އާކުރުމަށް ކަމަށާއި، ކުޑަކުއްޖެއްގެ އިހުސާސް ލިބިގަތުމަށް ކަމަށް ސައިމަން ބުނެފައިވެ އެވެ.

އާންމުންގެ މަގުބޫލުކަން ލިބިފައިވާ ޝޯތަކުގައި ޖަޖުކަން ކުރުމުގެ އިތުރުން އޭނާގެ އަމިިއްލަ ފޮތްތައްވެސް އާންމުންގެ ތެރޭގައި މަގުބޫލެވެ. އަދި އޭނާ އަކީ "ސައިކޯ" ޕްރޮޑަކްޝަންގެ މިލްކުވެރިއާ އެވެ.