ކޮޅަށް ހުރެ ފެންބުއިމަކީ ދީނީ ގޮތުން ވެސް ރަނގަޅު ގޮތެއް ނޫންކަން އަހަރުމެންނަށް އެނގެ އެވެ. މިފަހަރު މިއޮތީ އެކަމުގެ ސިއްހީ ގެއްލުންތަކުގެ ވާހަކަ އެވެ.
އާތުރައިޓިސް އަށް މަގުފަހިވުން
ކޮޅަށް ހުރެ ފެން ބުއިމަކީ ދިރިއުޅުމުގައި ފަހުން އާތުރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސުމުގެ މައްސަލަ ކުރިމަތި ކުރުވާ ކަމެކެވެ. އެއީ ކޮޅަށް ހުރެ ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ފްލުއިޑްތަކަށް ބުރޫއަރަ އެވެ. އޭގެ ސަބަބުން ހުޅުހުޅުގައި ފްލުއިޑްތައް ގިނައިން ޖަމާވެ ހަރުލަ އެވެ.
ކަރުހިއްކުން ނުފިލުން
ކޮޅަށްހުރެ ފެން ބުއިމުން މުޅިން އެއްކޮށް ކަރުހިއްކުން ނުފިލާނެއެވެ. އިތުރަށް ފެން ބޯ ހިތްވާނެއެވެ. އެހެންކަމުން ތަނެއްގައި އިށީނދެގެން ހުރެ މަދުމަދުން ފެން ބުއިން މާ ބުއްދިވެރި އެވެ.
ކިޑްނީގައި ރަނގަޅަށް ފެން ސާފުނުވުން
ކޮޅަށްހުރެ ފެން ބުއިމަކީ ކިޑްނީ އިން ފެން ފިލްޓާ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ ކަމެކެވެ. އެގޮތުން ބައެއް ހަޑިއެއްޗެހި ކިޑްނީ އާއި ބްލެޑާގައި ބާކީވެފައި ހުރެ އެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ޖެހި ކިޑްނީއަށް ދާއިމީ ގެއްލުން ލިބެ އެވެ.