ތާޖު އެގްޒޯޓިކާ ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެ ގެއްލުންވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ އިންޖީނު ގޭގައި ރޯވި ކަމުގެ ރިޕޯޓު ލިބުނީ މިރޭ 8:30 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އެ ރިސޯޓަށް ދިޔައިރު، ރިސޯޓްގެ ފަޔާ ޓީމުން އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު އަދި ލިބިފައި ނުވާ ކަމަށެވެ. ބަލަންޖެހޭ ބެލުންތައް ބެލުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ ޓީމުން އެ ރިސޯޓުގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާރު މުޅި ރިސޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ.
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!
ސައުދީއަށް ދިން މިސައިލް ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
