އައިޖީއެމްޗުގެ ލެބޯޓްރީން ދެމުން ގެންދިޔަ ހިދުމަތްތައް ހުއްޓިއްޖެ އެވެ.
އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ހޮސްޕިޓަލުގެ ލެބޯޓްރީން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ހައްލުވީހާ އަވަހަކަށް އެކަން އިއުލާން ކުރާނަން. މި ކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން،" އައިޖީއެމްއެޗުގެ ޓުވީޓުގައި ބުނެފައިވެ އެވެ
އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލުގެ ލެބޯޓްރީން އެއްވެސް ހިދުމަތެއް މިވަގުތު ނުލިބޭނެ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް އެމީހުންގެ ސާމްޕަލްތައް ނެގުމަށްފަހު ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗްއަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
އުފަން ދުވަހުގެ ހަދިޔާއަކަށް ޔަމާލް ބޭނުންވަނީ ފައިނަލުން ޖާގަ
ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ