ދާދި ފަހުން ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މުސްލިމުންނަށް އެހީވުމަށް އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ޗެރިޓީ ޕެނީ އެޕީލްއިން ކުރިއަށް ގެންދާ ކެމްޕެއިނެއްގައި އެ ގައުމުގެ މީހަކު ފަސް މެރެތަން ދުވެފި އެވެ.
އިނގިރޭސި ވިލާތުގެ މުސްލިމެއް ކަމަށްވާ އަޝްރަފް ވެލިސް ބުނީ އޭނާ މެރެތަން ދުވަނީ ދުނިޔޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށާއި އެކަމުން އޭނާއަށް އުފާ ލިބޭ ކަމަށެވެ.
ޓޯކިޔޯ މެރެތަން ފުރިހަމަކުރުމާއެކު އަޝްރަފް ވެފައި ވަނީ ހަ މެރެތަން ދުވެގެން ހާސިލް ކުރެވޭ "ސިކްސް ސްޓާ ފިނިޝާ"ގެ ލަގަބު ލިބެން އޮތް ހަމައެކަނި އިނގިރޭސި އެތުލީޓަށެވެ.
މި ލަގަބު ހޯދުމަށްޓަކައި އަންނަ އަހަރު އޮންނަ ބޮސްޓަން މެރެތަންގައި ބައިވެރިވުމަށް އަޝްރަފް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަޝްރަފްގެ މަސައްކަތް ފާހަގަކޮށް އިންޓަނޭޝަލް ޕެނީ އެޕީލްއިން ބުނީ އޭނާގެ ހިތްވަރާއި އަޒުމަކީ ފާހަގަ ކޮށްލަން ޖެހޭ ކަމެއް ކަމަށެވެ.
"ޓޯކްޔޯ މެރެތަން ކާމިޔާބުކަމާއެކު ނިންމާލި ކަމަށްޓަކައި އަޝްރަފްއަށް ތަހުނިޔާ ކިޔަން. އަދި ކުރިއަށް އޮތް ބޮސްޓޮން މެރެތަންގައި އިތުރު ކާމިޔާބީއަށް އެދެން،" އެ ޖަމާއަތުން ބުނެފައިވެ އެވެ.
މަރު ހަނދާން ކުރުމަކީ އުފާވެރި ދިރިއުޅުމެއްގެ ސިއްރު
ފޯބްސް '30 އަންޑާ 30'އިން ރާއްޖޭގެ ރާޔާ ޖާގަ ހޯދައިފި
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި