ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ބޭފުޅަކާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަރަށް ބޮޑަށް ހިސާބު ޖައްސަވައިފި އެވެ.
ޖުމްހޫރީ ޕާޓީ ރައީސް ސޯލިހާ ކޯލިޝަން ނަހަދާ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާން ކޮށްފައިވަނިކޮށް އިމްރާން ކުރެއްވި ޓުވީޓެއްގައި ވަނީ ވަރަށް ބޮޑަށް ހިސާބުޖައްސަވައިފިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަނަށް ރިޔާސީ އިންތިހާބުގައި 51.2 އިންސައްތައިގެ އައުލަބިއްޔަތު ލިބޭނެކަމަށެވެ.
މިހާރު ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އެމްޑީއޭއާއި އަދާލަތު ޕާޓީ އެވެ. ރައީސް ސޯލިހު ވަނީ ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީތަކަށްވެސް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އިއްޔެ ވަނީ ކޯލިޝަން ނަހަދާ ވަކިން އިންތިހާބަށް ނުކުންނަން ނިންމާފަ އެވެ.
މީގެ އިތުރުން "ފިކުރެއްގެ ދިރުން" މިނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރެއިން ހަދާ ރައީސް ނަޝީދުވަނީ ސިޔާސީ މަސައްކަތް ފަށްޓަވާފަ އެވެ. އަދި މިހާރު ރައީސް ނަޝީދު ގެންދަވަނީ މަޖިލިސްގެ ތެރެއިން ޖޭޕީގެ މެމްބަރުންނާއެކީ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ.
އިމމުރާނު ތިއޮތީ ހިބަރު ވަދެއްގަ ޖެހިފަ