ޖަމިއްޔަތުލް ސަލފްއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލުކުރައްވައިފި އެވެ.

ސަލަފްގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ގާސިމްގެ އިތުރުން ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކައުންސިލްގެ މެންބަރު، މޫސާ ނިޒާރު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ގާސިމްގެ އެދިލެއްވުމަށްކަށް ބޭއްވެވި ބައްދަލުވުމެކެވެ. މިބައްދަލުވުން އޮތީ ޖަމިއްޔަތުލް ސަލަފްގެ އޮފީހުގައި މިއަދު ހަވީރު އެވެ.

ސަލަފުގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް އާއި އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރާއި ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގެ ތަފްސީލެއް ޖޭޕީ އިންވެސް އަދި ޖަމިއްޔަތުލް ސަލަފްއިންވެސް ނުދެއެވެ.

ގާސިމް އިބްރާހީމް ސަލަފް އާއި އެކު މިއަދު ބައްދަލު ކުރިއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް މިދިޔަ މަހު ބައްދަލުކޮށްފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ގާސިމް އިބްރާހީމް މިއަދު ވަނީ އެމްއާރުއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންއާއި ވެސް ބައްދަލުކުރައްވަފައި އެވެ.