ބޭނުންވާ ތަކެތި

  • 450ގ ޕާސްތާ
  • 1 ސައިސަމުސާ އޮލިވް އޮއިލް
  • 1 ފިޔާ ކުދިކޮށް ކޮށާފައި
  • 3 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
  • 170ގ ޕީލްޑް ޓޮމާޓޯ
  • 2 ސައިސަމްސާ ޓޮމާޓޯ ޕޭސްޓް
  • 3/4 ޖޯޑް ވިޕިނގް ކްރީމް
  • 1/2 ޖޯޑު ޕާމެސަން ޗީސް
  • 1 ސައިސަމުސާ ލޮނު
  • 1 ސައި ސަމުސާ އަސޭމިރުސް
  • 1 ޗެރީޓޮމާޓޯ
  • ތާޒާ ބޭސިލް (ކުދިކޮށް ކޮށާފައި)
  • މޮޒޮރެލާ ޗީޒް

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ތެއްޔެއްގައި ޕާސްތާކޮޅު ފެނު ކައްކާށެވެ. ޕާސްތާ ކޮޅު ކެއްކުމުން ފެން ނެގުމަށް ފަހު ބަހައްޓާށެވެ. އަދި ޕާސްތާ ކެއްކި ފެންގަނޑު ތެރެއިން އެއްޖޯޑު ފެން ނެގުމަށް ފަހު ވަކިން ބަހައްޓާށެވެ.
  2. ތަވަޔަށް އޮލިވް އޮއިލް އެޅުމަށް ފަހު ހޫނު ވުމުން ފިޔާކޮޅު އަޅައި މޯޅި ވަންދެން ކެއްކުމަށް ފަހު ލޮނުމެދު ކޮޅު އެއްކޮށްލާށެވެ. 30 ސިކުންތު ވަންދެން ކެއްކުމަށްފަހު ޕީލްޑްޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  3. މިގޮތަށް 5 މިނިޓްވަންދެން ސޯސްކޮޅު ކެއްކުމަށް ފަހު ޕާމެސަންޗީޒް، ކްރީމް، ލޮނު،އަސޭމިރުސް އެއްކޮށްލާފައި މަޑުގިނީގައި ކުޑައިރު ކޮޅެއްވަންދެން ކައްކާލާށެވެ.
  4. އަވަން 400 ޑިގްރީ އަށް ޕްރީހީޓް ކޮށްލާށެވެ.
  5. ޕާސްތާއިން ނެގި ފެން ޖޯޑު ތައްޔާރު ކުރި ސޯސްއަށް އެޅުމަށް ފަހު ޗެރީ ޓޮމާޓޯ، މޮޒޮރެއްލާޗީޒް، ބެސިލް އަޅައި ކުޑަކޮށް ހޫނު ކޮށްލާށެެވެ.
  6. ކައްކާފައި ހުރި ޕާސްތާ އާއި ސޯސް އެއް ކުރުމަށް ފަހު ތަތްގަނޑަކަށް އަޅާ އޭގެ މައްޗަށް މޮޒޮރެއްލާ ޗީޒް އެޅުމަށް ފަހު އަވަނަށް ލައިފައި 20 މިނިޓް ވަންދެން ފިހެލާށެވެ.