މީލާދީ ގޮތުން 2030 ވަނަ އަހަރު މުސްލިމުންނާ ދެފަހަރަށް ރޯދަ މަސް ބައްދަލު ކުރާނެ ކަމަށް ބައެއް ފަލަކީ އިލްމުވެރިން ބުނެފި އެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ އަހަރު ޖެނުއަރީ މަހު ހިޖްރީ ގޮތުން 1451 ވަނަ އަހަރުގެ ރޯދަ މަސް އަންނައިރު ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު 1452 ވަނަ އަހަރުގެ ރޯދަ މަސް ވެސް އަންނާނެ ކަމަށެވެ.

ކަން މިހެން އޮތް ނަަމަވެސް 2030 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުސްލިމުން ރޯދަ ހިފަން ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް ފަސް ދުވަހު އެވެ. އެ ރޯދަ މަހުގެ ބާކީ ދުވަސްތަކަކީ 2031 ވަނަ އަހަރުގެ ދުވަސްތަކެވެ.

މިކަން މިހެން މެދުވެރިވަނީ ހިޖްރީ އަހަރަކީ މީލާދީ އަހަރަށްވުރެ ކުރު އަހަރަކަށް ވެފައި މީލާދީ އަހަރަށްވުރެ އަަވަހަށް ހިޖްރީ އަހަރު ނިމޭތީ އެވެ.

މިއީ ކޮންމެ 30 އަހަރަކުން އެއްފަހަރު ދިމާވާ ކަމެއް ކަމަށް ފަލަކީ އިލްުމުވެރިން ބުނެ އެވެ. އެގޮތުން އެންމެ ފަހުން މިފަދަ ކަމެއް މެދުވެރިވީ 1997 ވަނަ އަހަރު އެވެ.

މީލާދީ ކަލަންޑަރުގައި އަހަރަކު 365 ދުވަސް އޮންނައިރު ހިޖްރީ ކަލަންޑަރުގައި އަހަރަކު އޮންނަނީ އެންމެ 354 ދުވަހެވެ. މި ތަފާތު އަންނަނީ އިރާއި ހަނދުގެ ހިނގުންތަކުގެ ސަބަބުންނެވެ.