އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރު ރަޝާދު އެ މަގާމުން ވަކިކުރަން ރައީސް އޮފީހުން އެދިފައިވާ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ފާސްކޮށްފި އެވެ.
އެއާ އެކު، އެ ކުންފުނި ވަގުތީ ގޮތުން ހިންގުން ވަނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފަ އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކިކުރަން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އަށް ސަރުކާރުން ފޮނުވީ މިއަދު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ހުރިހާ"އަށް ވިދާޅުވީ އަމްރު ވަކިކުރަން ޕީސީބީއަށް މިއަދު އަންގާފައިވާނެ ކަމަށެވެ. އަދި އެ ބަދަލު ގެންނަން ސަރުކާރުން ނިންމީ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލަށް އައްޔަންކުރައްވާ ބޭފުޅެއްގެ ނަން ޕީސީބީން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
ރޮނާލްޑޯ ސްޕެނިޝް ކްލަބް އަލްމެއިރާގެ ހިއްސާ ގަނެފި

ޔާމީނު ކުޅުނު ކުޅިވަރު ފެށުނީ
ފައްޔާޒު ބެއިނުންމީހަކު ތި މަގާމަށް ދެން އަންނާނީ އެއީ ޔަގީން ކަމެއް