ހުޅުމާލޭ ފޭސް ދޭއްގައިވާ ހިޔާގެ ބައެއް ޓަވަރަކުން ކަރަންޓް ކެނޑިއްޖެ އެވެ.
އެޗްޑީސީން ބުނީ ހިޔާގެ އެޗް 1 އިން އެޗް 8 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑުނީ ކަމަށެވެ. ނަމަވެސް ބައެއް ޓަވަރުތަކަށް މިހާރު ވަނީ ކަރަންޓް ލިބިފަ އެވެ.
ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑެން މެދުވެރިވީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާ ޝޯޓުވެގެން ކަމަށެވެ.
ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯ އާއި އެޗްޑީސީން ވަނީ މައާފަށް އެދިފަ އެވެ.

މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް
ހަމަލާއަކާ ގުޅިގެން ދުބާއީ އެއާޕޯޓުން ފްލައިޓްތައް ކެންސަލްކޮށްފި
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި
