މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
މާލޭ ޖަލުގައި ތިބި ގައިދީންތައް ބަދަލު ކުރަމުންދަނީ ހުޅުމާލެ ޖަލަށާއި މާފުށި ޖަލަށް ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.
މާލެ ޖަލު ހުސްކުރަނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާ އިންވެގެން ޖަލުހުންނާތީ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ދަރުމަވަންތަ ސްކޫލްގައި ދިރާސީ އާ އަހަރާ އެކު ކިޔަވައިދޭން ފަށަން ވަނީ ނިންމާފަ އެވެ. ދިރާސީ އާ އަހަރު ފެށޭނީ އޮގަސްޓްގަ އެވެ. އެގޮތުން ދަރުމަވަންތަ ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލު ހުސްކުރަން ސަރުކާރުން ވަނީ މިދިޔަ އަހަރު ކަރެކްޝަންސްއަށް އަންގާފަ އެވެ.
މާލޭ ޖަލާ ޖެހިގެން ދަރުމަވަންތަ ސްކޫލް ބިނާ ކުރާތީ އެސްކޫލުގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިސްތިއުފާ ދެއްވައިފި
ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް، ތައްޔާރު ތަ؟
ކޮކާކޯލާއިން މި ބޭނުންތައް ކުރެވޭކަން އެނގޭތަ؟