ދިވެހިރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.
މި އިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެ އެވެ.
ކުރިން ވިސާއެއް ނެގުމަކާ ނުލައި އޮމާނަށް ދަތުރުކުރެއްވުމަށްޓަކައި ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަންވާނެ އެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން ހަ މަސްދުވަސް އޮންނަންވާނެ އެވެ.
އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާ އޮމާނުން ދިވެހިރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި
ދިރާގުޕޭ މެދުވެރިކޮށް މިހާރު ފިތުރު ޒަކާތް ދެއްކޭނެ
