އިއާދަކުރަނިވި ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ، އައިރީނާއަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް، މިހާރު ޔޫއޭއީގެ ސަފީރަކަށް ހުންނަވާ ދިވެހި ސަފީރު ތޯރިގު އިބްރާހީމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަގާމަށް ތޯރިގުގެ ނަންފުޅު ހުށަހެޅުއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއް މެދުވެރިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ އެ ސިޓީފުޅު މަޖިލީހުގެ ތަޅުމުގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
ތޯރިގަކީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ތިން ސަރުކާރެއްގައި ތިން ފަހަރުމަތިން އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި، ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރު ހިމެނެ އެވެ. އަދި މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރުކަން ވެސް ކުރެއްވީ އޭނާ އެވެ.
އައިރީނާއަކީ ހަކަތައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ މުހިންމު އިދާރާއެކެވެ.
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
ޖޯންސަންގެ ޕައުޑަރު މައްސަލާގައި 5.5 ބިލިއަން ޑޮލަރު ދައްކަނީ
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!
