ތިލަފުށީގައި ހުރި އިމާރާތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ 12:45 ހާއިރު ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން ރޯވި އަލިފާނުގެ 80 ޕަސެންޓް ކޮންޓްރޯލްކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަލިފާން ރޯވެފައި ވަނީ ދެބުރިއަށް ހަދާފައިހުރި އިމާރާތެއްގަ އެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެކެވެ. އަދި މަތީބައި ބޭނުންކުރަނީ އެކަމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!
ރޯދަ މަލާފަތް: ތަފާތު ކޮށްލަން ކަށިކެޔޮ ކަނދި ކިހިނެއް ވާނެ؟
