"ދިރާގު ގުޑިފެސްޓް" އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ މި ހަރަކާތް އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.
ގުޑި އެރުވުމަކީ ރަމަޟާން މަހުގެ ހަވީރު ގަޑީގައި ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައި ވެސް މަގުބޫލް ހަރަކާތަކަށްވާތީ، ދިރާގު ގުޑިފެސްޓް މެދުވެރިކޮށް ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު ކުދިންގެ ޝައުގުވެރިކަން އާލާކުރުމަކީ މި ހަރަކާތުގެ މަގުސަދެއް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި މި އިވެންޓްގައި އެކި ވައްތަރުގެ ގުޑި ދިރާގުން ބަހާނެކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން އަންނަނީ ކޮންމެ ރަމަޟާން މަހަކު ވެސް ހިތްގައިމު ހަރަކާތްތަކާއި އެކިއެކި އޮފާތައް އާންމުންނަށް ގެނެސްދެމުންނެވެ. މިގޮތުން މިއަހަރު ވެސް ދިރާގުން އަންނަނީ މިފަދަ އެތައް ކަންތައްތަކެއް ހިންގަމުންނެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!