ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ގައުމުތަކަށް ނިސްބަތްކޮށް ގެނެސްދޭ މަޝްހޫރު ކައްކާ ޝޯ "މާސްޓަ ޝެފް އިންޑިއާ" ސީޒަން ހަތެއް ނަޔަންޖޯތީ ސައިކިއާ ކާމިޔާބުކޮށްފި އެވެ.

13 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކެއްކުމުގެ ޝޯގެ ފައިނަލުގައި އުމުރުން 26 އަހަރުގެ ނަޔަންޖޯތީ އާއި ވާދަކުރީ ޝާންތާ ޝަރުމާ އާއި ސުވަރުނާ ބަގުލް އެވެ.

މާސްޓަ ޝެފް އިންޑިއާ 7 ނަޔަންޖޯތީ ކާމިޔާބު ކުރިއިރު މިފަހަރުގެ ސީޒަންގައި ދެވަނަ ގެންދިޔައީ ޝާންތާ ޝަރުމާ އެވެ. އަދި ތިން ވަނަ ލިބުނީ ސުވަރުނާ ބަގުލްއަށެވެ.

ނަޔަންޖޯތީ އަށް އިނާމެއްގެ ގޮތުގައި 25 ލައްކަ ރުޕީސް ލިބިގެންދިޔައިރު އަނެއް ދެ ބައިވެރިންނަށް ފަސް ލައްކަ ރުޕީސް ވަނީ ލިބިގެންގޮސްފަ އެވެ.

https://www.instagram.com/reel/CqddEUSqauj/?utm_source=ig_embed&ig_rid=26250743-785b-4082-bcf0-5a2f76b443bc

މިފަހަރުގެ ސީޒަންގައި 16 ބައިވެރިޔަކު ވަނީ ބައިވެރިވެފަ އެވެ.

އުތުރު އިންޑިއާގެ އާސާމަށް ނިސްބަތްވާ ނަޔަންޖޯތީ ބުނީ މާސްޓަ ޝެފް ކާމިޔާބު ކުރުމަކީ ދެކެވުން އައި ހުވަފެނެއް ކަމަށެވެ. މިޝޯ ކާމިޔާބު ލިބިގެންދިޔުމުން ވަރަށް އުފާވި ކަމަށްވެސް އޭނާ ބުންޏެވެ.

"އަމިއްލަ ރެސްޓޯރަންޓެއް ހުޅުވައި އުތުރު އިންޑިއާގެ ކެއުންތަކަށް މުޅި އިންޑިއާގެ ލޯބި ޖެއްސުމަކީ ކުރަން އެންމެ ބޭނުންވާ ކަންތައް." ނަޔަންޖޯތީ ބުންޏެވެ.

https://www.instagram.com/p/CqdeGjePtTa/?utm_source=ig_embed&ig_rid=ad3f8377-e0ed-480a-8ea0-df0cb559e280

"މާސްޓަ ޝެފް އިންޑިއާ 7 އަކީ ޖެނުއަރީ 2 އިން މާޗް 31 އަށް ގެނެސްދިން ޝޯއެކެވެ. މީގެ ޖަޖުންނަކީ ސެލެބްރިޓީ ޝެފުން ކަމަށްވާ ރަންބީރް ބްރާރް އާއި ވިކާސް ކަންނާގެ އިތުރުން ގަރީމާ އަރޯރާ އެވެ.

"މާސްޓަ ޝެފް" އަކީ 1990 ގައި އިނގިރިރޭސިވިލާތުން އުފަންވި ކައްކާ ރިއަލިޓީ ޝޯއެކެވެ.